އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2019 ވަނައަހަރު ބޭއްވުމަށް ހަމޖެހިފައިވާ މިނިވަން ޗެމްޕިއަން ޝިޕް މުބާރާތުގައި ޓީމުތައް ސްޕޯރޓްސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރުަމަށް

25 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

2019 ވަނައަހަރު ބޭއްވުމަށް ހަމޖެހިފައިވާ މިނިވަން ޗެމްޕިއަން ޝިޕް މުބާރާތުގައި ޓީމުތައް ސްޕޯރޓްސް ކޮމިޝަނުގައި

   ރަޖިސްޓްރީ ކުރުމުގައި، ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލެއް ކަނޑައަޅުއްވައިދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން               

ނިންމުން

މައްސަލަ ނިމުނުގޮތް:

ހުށަހަޅާފައިވާ މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޓީމުތައް ރަޖިސްޓްރީ ކުރުމުގައި ކައުންސިލްގެ ކަންބޮޑުވުން އޮތުމާއެކު، ރަޖިސްޓްރީ ކުރުމުގައި ހުރި އުޞޫލުތަކަށް ބަލައި، ބޭނުންވާ މަޢުލޫމާތާއެކު ސްޕޯޓްސް ކޮމިޓީއަށް މިމައްސަލަ ހުށަހެޅުމަށްފަހު، އެކޮމިޓީގެ ލަފާއާއެކު މިމައްސަލަ އަލުން ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

 

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/146

ތާރީޚް: 25 ޖުލައި 2018