އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2018 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ދަބަސް ފަހަން ދަސްކޮށްދޭ ކޯހަށް ފައިސާ ހޯދުމަށް

2 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2018 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ދަބަސް ފަހަން ދަސްކޮށްދޭ ކޯހަށް ފައިސާ ހޯދުމަށް

މައްސަލަ ހުށަހެޅި ފަރާތް:  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ

ނިންމުން

 

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫސިޓީގެ އަންހެނުން ބާރުވެރިކުރުވުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން، 2018ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ދަބަސް ފަހަން ދަސްކޮށްދޭ ކޯހަކީ، އެކޮމިޓީގެ އެކްޝަން ޕްލޭންގައި ހިމެނި، ކައުންސިލުން އެޕްރޫވްކޮށްފައިވާ ކަމަކަށްވުމުން، މިކޯސް ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް އެދި ހުށަހަޅާފައިވާ ބަޖެޓު ފާސްކޮށް، އެ ކޮމިޓީގެ ކަންކަމަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން، 41500.00 ރުފިޔާ ހަމަޖައްސައި ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި:  ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/147

ތާރީޚް: 2 އޯގަސްޓް 2018