އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑީ.އެމް.ސީ. ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އިން 18 ފޫޓް 8 ފޫޓްގެ ޑިޖިޓަލް އިޝްތިހާރު ބޯޑެއް ޖެހުމަށް ހުށަހަޅާފައިވާތީ

8 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ޑީ.އެމް.ސީ. ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އިން 18 ފޫޓް 8 ފޫޓްގެ ޑިޖިޓަލް އިޝްތިހާރު ބޯޑެއް ޖެހުމަށް ހުށަހަޅާފައިވާތީ، ޑިޖިޓަލް އިޝްތިހާރު ބޯޑް ޖެހުމަށް އަގެއް ކަނޑައެޅުމުގެ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  ހިތަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި،

  • 5 އަހަރު ދުވަހުގެ މުއްދަތަށް ޑިޖިޓަލް ބޯޑު ޖެހުމުގެ ހުއްދަ ދިނުމާއި،
  • ޑިޖިޓަލް ބޯޑުގެ އަކަފޫޓަކަށް 10ރުފިޔާގެ ރޭޓުން މަހު ކުލި ނެގުމާއި،
  • އަދި ބޯޑުން ދެވޭ މެސެޖުތަކުގެ ތެރެއިން، ކޮންމެ 1 ގަޑިއިރުން 5 މިނެޓު ވަގުތު، ކައުންސިލްގެ މެސެޖުތަކަށް ޚާއްސަކުރުމަށް ފެންނަކަމަށް

ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/150

ތާރީޚް: 8 އޯގަސްޓް 2018