އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުގައި ކުނިއެޅުން މަނާކުރާ ބޯޑު ޖެހުމުގެ މައްސަލަ

8 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުގައި ކުނިއެޅުން މަނާކުރާ ބޯޑު ޖެހުމުގެ މައްސަލަ ބިޑު ކޮމިޓީގެ މަރުޙަލާގައި ނިމިފައިވާ ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ބިޑު ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން، އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުގައި ކުނިއެޅުން މަނާކުރާ ބޯޑު ޖެހުމުގެ މަސައްކަތް، ވަސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް      

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/153

ތާރީޚް: 8 އޯގަސްޓް 2018