އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ 2019 ވަނަ އަހަރުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ މިންވަރު ކަނޑައަޅައި ފާސް ކުރުމުގެ މައްސަލަ

15 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 10 ވަނަ ބާބުގެ 95 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ 2019 ވަނަ އަހަރުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ މިންވަރު ކަނޑައަޅައި ފާސް ކުރުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 10 ވަނަ ބާބުގެ 95 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ 2019 ވަނަ އަހަރުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ މިންވަރު ކަނޑައަޅައި ފާސް ކުރުމުގައި؛

  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ 2019ވަނަ އަހަރުގެ ބަޖެޓު ހެދުމަށް ލަފާ ދެއްވާ ފޮނުއްވި ނަންބަރު:          13-B/CIR/2018/14 ސަރކިއުލަރއާއެކު ކަނޑައަޅާފައިވާ 15 މިލިއަން ރުފިޔާގެ ސީލިންއަކީ، އައްޑޫސިޓީ ކައުންސިލްގެ އިދާރީ ހިންގުމަށް ބަލާއިރު މަދު ޢަދަދެއްކަމާއި، އެޢަދަދުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް އެކަނިވެސް 13.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމާއި، ބާކީ1.5 މިލިއަން ރުފިޔާއިން ކޮންމެހެން ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސޭނެކަމަށް ނުފެންނާތީ އާއި
  • އައްޑޫސިޓީ ކައުންސިލްގެ އިދާރީ ހިންގުމަށް، އެންމެ ކުޑަ މިންވަރުގެ ގޮތުގައި 18.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ފެންނާތީ،
  • އައްޑޫސިޓީ ކައުންސިލްގެ 2019ވަނަ އަހަރުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފާއިސާގެ މިންވަރަކީ، 18.5 މިލިއަން ރުފިޔާ ކަމުގައި ކަނޑައަޅައި (މިނިންމުމާއެކު އެއްކަރުދާސް ކުރެވިފައިވާ ބަޖެޓުގައިވާ)، ފައިސާ ހޯދުމަށް އެދި ކަމާބެހޭ އިދާރާއަށް ހުށަހެޅުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު  ޔަސްރިފް    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/156

ތާރީޚް: 15 އޯގަސްޓް 2018