އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުުއައްސަސަތު ރަބީޢުލް ޤުލޫބުން ބޮޑު ޢީދު ދުވަސް ފާހަގަ ކުރުމަށް ކައުންސިލްގެ އެހީތެރިކަމަކަށް އެދި ހުށަހަޅުއްވާ މައްސަލަ

15 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: މުއައްސަސަތު ރަބީޢުލް ޤުލޫބުން ބޮޑު ޢީދު ދުވަސް ފާހަގަ ކުރުމަށް ކައުންސިލްގެ އެހީތެރިކަމަކަށް އެދި ހުށަހަޅުއްވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކުޅިވަރު ޙަރަކާތްތައް ދިރުވާ އާލާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމާއި، މިކަމަކީ އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުން މީހުން ބައިވެރިވާނެ ޙަރަކާތަކަށްވާނެ ކަމަށް ފެންނާތީ، ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން، ކައުންސިލުން 10000.00ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް ހަމަޖައްސަވައި ދެއްވުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

މިޚަރަދު ހަމަޖެއްސެވުމަށް ނިންމަވާފައިވަނީ، ދުވަސްތަކާއި މުނާސަބަތު ފާހަގަކުރުމަށް (ދީނި/ ޤައުމީ) ކައުންސިލްގެ އާމްދަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ކޯޑު 223013 ގެ ތެރެއިންނެވެ.

ތާއީދު ކުރެއްވި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/158

ތާރީޚް: 15 އޯގަސްޓް 2018