އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ސައުންޑް ސިސްޓަމް ހޯދުމުގައި އެހީތެރިކަމަށް އެދި ނޫރުލްއިސްލާމްއިން ހުށަހަޅާފައިވާ މައްސަލަ

15 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ސައުންޑް ސިސްޓަމް ހޯދުމުގައި އެހީތެރިކަމަށް އެދި ނޫރުލްއިސްލާމްއިން ހުށަހަޅާފައިވާ ސިޓީއާއި މެދު ގޮތެއް ނިންމެވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ނޫރުލްއިސްލާމަށް ކައުންސިލުން 4000.00ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލަރ އިބްރާހީމް ޝުކުރީވަނީ، ހުޅުދޫ މީދޫ އަވަށުގައިވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް އެ ދެ އަވަށުގެ އިދާރާތައް ގުޅިގެން ބޮޑު ޢީދު ނަމާދު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމް ކުރިއަށްދާތީ، ނޫރުލް އިސްލާމަށް އެހީ ދޭއިރު، ހުޅުދޫ މީދޫގައި ބޮޑު ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދު އިންތިޒާމްކުރުމަށް ކައުންސިލުން ދޭ އެހީގެ ގޮތުގައި 5000.00ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފްގެ ހުށަހެޅުމަށް އިޞްލާހު ހުށަހަޅުއްވާފައެވެ. އެހެންކަމުން ޑެޕިޔުޓީ މޭޔަރގެ ހުށަހެޅުމަށް އިޞްލާހު ހުށަހެޅި އެ އިޞްލާހަށް ތާއިދު ލިބިފައިވާތީ، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

މިޚަރަދު ހަމަޖެއްސެވުމަށް ނިންމަވާފައިވަނީ، ދުވަސްތަކާއި މުނާސަބަތު ފާހަގަކުރުމަށް (ދީނި/ ޤައުމީ) ކައުންސިލްގެ އާމްދަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ކޯޑު 223013ގެ ތެރެއިންނެވެ.

އިޞްލާހަށް ތާއީދު ކުރެއްވި:

ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު      

ހުށަހެޅުމަށް އިޞްލާހު ހުށަހެޅި:

ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:

ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/159

ތާރީޚް: 15 އޯގަސްޓް 2018