އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ ސެކިޔުރިޓީ ކަންކަން ދިރާސާކޮށް ރަނގަޅުކުރަންޖެހޭ ކަންކަމާގުޅޭ ގޮތުން ގޮތެއް ކަނޑައެޅުން

28 އޯގަސްޓް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ސިޓީ ކައުންސިލްގެ އިދާރާގެ ސެކިޔުރިޓީ ކަންކަން ހަރުދަނާ ކުރުމަށް އެކުލަވާލެވުނު ކޮމިޓީން ސެކިޔުރިޓީއަށް ހުރި ނުރައްކާތައް ދިރާސާކޮށް ރަނގަޅުކުރަންޖެހޭ ކަންކަމާގުޅޭ ގޮތުން ކައުންސިލަށް ލާފާ ދިނުމަށް އެކުލަވާލެވުނު ރިޕޯޓު ކައުންސިލަށް ހުށަހަޅައި ކައުންސިލުން ގޮތެއް ކަނޑައެޅުމުގެ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ރިޕޯޓުގައި އިޞްލާޙުކުރުމަށް ފާހަގަކޮށްފައިވާ ކަންކަމަށް ފިޔަވަޅު އެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު        

ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/160

ތާރީޚް: 28 އޯގަސްޓް 2018