އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ "މަތިކިޅި" ގައި އިކޯ ގާރޑެން އެއް ތައްޔާރުކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

9 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މީދޫ "މަތިކިޅި" ގައި އިކޯ ގާރޑެން އެއް ތައްޔާރުކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "މީދޫ މަތިކިޅި" ގައި އިކޯ ގާރޑަންއެއް ހަދައި ބަލަހައްޓަމުން ދިއުމަށް މީދޫ ޗޭނު ޖަމުޢިއްޔާ އިން ހުއްދަ ހޯދުމަށް އެދިފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ބަލާއިރު، މައްސަލައާއި އެކު ހުށަހަޅަންޖެހޭ ޑޮކިއުމެންޓްތައް ފުރިހަމަ ވެފައިނުވާކަން ފާހަގަކޮށް، މައްސަލައެއް ކައުންސިލަށް ހުށަހަޅުއްވާއިރު އެމައްސަލައަކާއި ގުޅޭ ގޮތުން ކުރިން މިއިދާރާގައި ހިނގާފައި ހުރި މުޢާމަލާތުތައް މައްސަލައާއި އެކު ހިމެނުއްވުމަށާއި،

މިފަދަ މައްސަލަތައް ކުރިއަށް ގެންދިއުމަށް ހެދިފައިވާ ޤަވާޢިދުތަކަށް ރިއާޔަތްކޮށް މީދޫ ޗޭނު ޖަމުޢިއްޔާއިން އެދިފައިވާ ހުއްދަ ދެވިދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ކައުންސިލަރ އިބްރާހީމް ޝުކުރީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު ތާއީދުކޮށް، އެހުށަހެޅުމަށް އިޞްލާހެއް ގެ ގޮތުގައި، "މީދޫ މަތިކިޅި" ބެލެހެއްޓުމާއި ބެހޭ ގޮތުން މީދޫ އަވަށު އޮފީހުގެ ފަރާތުން މީދޫގެ ރަށްވެހިންގެ ލަފާ ހޯދައި EPA ގެ މަޝްވަރާއާއި އެކު މީދޫ "މަތިކިޅި" ޙިމާޔަތް ކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ޕްލޭނެއް ހަދައި ދެމެހެއްޓެނިވި ގޮތަކަށް "މީދޫ މަތިކިޅި" ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް،" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ކައުންސިލަރ، އިބްރާހީމް ޝުކުރީ ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު 

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/172

ތާރީޚް: 9 އޮކްޓޯބަރ 2018