އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ކަނބަލުންގެ ފިނި މައިޒާނަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދިނުން އެދި

9 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ ކަނބަލުންގެ ފިނި މައިޒާނަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދިނުން އެދި  

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކައުންސިލްގެ ނިންމުން ނަމްބަރު 426-AA(3)/2017/202އަށް ރިއާޔަތްކޮށް ހުޅުދޫ ކަނބަލުންގެ ފިނި މައިޒާން ތަރައްޤީ ކުރުމުގެ ހުއްދަ ދިނުމަކީ މުހިއްމު ކަމެއްކަމަށާއި، މި މައިޒާން ހަދައި އިތުރަށް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތަށް އެހީވުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭތީ، ކައުންސިލްގެ އާމްދަނީ ބަޖެޓްގައި މައިޒާން ތަރައްޤީ ކުރުމަށް ހިމެނިފައިވާ ފައިސާގެ ތެރެއިން 20000.00ރުފިޔާ (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އެހީތެރިކަން ހުޅުދޫ ކަނބަލުންގެ ފިނި މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތަށް ފޯރުކޮށް ދިނުމަށް ފެންނަކަމަށާއި، މިފައިސާ ޚަރަދު ކުރުމުގައި ކައުންސިލްގެ ބެލުމުގެ ދަށުން ފައިސާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ އިބްރާހީމް ޝުކުރީ       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/177

ތާރީޚް: 9 އޮކްޓޯބަރ 2018