އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ޤަވާޢިދު

16 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ޤަވާޢިދު ޢާއްމު ކޮމިޓީން ފާސްކޮށްފައިވާތީ އެ ޤަވާޢިދަށް ކައުންސިލުން ގޮތެއް ނިންމުން   

މައްސަލަ ހުށަހެޅި ފަރާތް:  އާއްމު ކޮމިޓީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ޢާއްމު ކޮމިޓީއިން އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ޤަވާޢިދު  ފާސްކޮށްފައިވީ ނަމަވެސް، މި ޤަވާޢިދަކީ މުޅި އައްޑޫސިޓީގެ ރައްޔިތުން މި ޤަވާޢިދާށް ޢަމަލުކުރަންޖެހޭ އަދި، މިޤަވާޢިދު މުޅި އައްޑޫސިޓީގައި ތަންފީޒު ކުރާނެ ޤަވާޢިދަކަށްވާތީ، މިޤަވާޢިދާއި ގުޅޭ ގޮތުން ކައުންސިލުން ފާސްކޮށްފައިވާ، "އަވަށުގެ މަޝްވަރާ ކޮމިޓީ" ތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެ ޚިޔާލު ތަކާއެކު ޢާއްމު ކޮމިޓީން އަލުން މިމައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް

ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/178

ތާރީޚް: 16 އޮކްޓޯބަރ 2018