އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށު އާރިކިޅި ހުރަސް ކުރެވޭނެހެން ބްރިޖެއް ހެދުމުގެ މަސައްކަތް

23 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލް އިދާރާގެ ހިތަދޫ އަވަށު އާރިކިޅި ހުރަސް ކުރެވޭނެހެން ބްރިޖެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ބިޑް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމުނު ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ބިޑު ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން، ހިތަދޫ އަވަށުގެ އާރިކިޅި ހުރަސްކުރެވޭނެ ބްރިޖެއް ހެދުމުގެ މަސައްކަތް ކޮށްދިނުމަށް އެދި މިއިދާރާއަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކުރުމަށްފަހު، އަލުން އެމަސައްކަތަށް އިޢްލާންކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/185

ތާރީޚް: 23 އޮކްޓޯބަރ 2018