އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުން

11 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި ހުށަހެޅޭ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

   ލޯކަލް ޤަވަރމަންޓް އޮތޯރިޓީގެ ނަމްބަރ: 221/426/2017/12  (03 ޖުލައި 2017) ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ކަންކަން ކުރިއަށް ގެންދިއުމުގެ އުޞޫލާއި އެއްގޮތަށް އިޖުރާޢަތްތައް ފުރިހަމަކޮށް، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއިން މަދުވާ 3 މެމްބަރުން އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގަވާފައިވާތީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލުތަކުގެ އަތްމަތީ ފޮތުގެ 4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން މި އިދާރާގެ ޒިންމާދާރުވެރިޔާ މުޙައްމަދު ސަޢުދީ ޙަސަނުގެ ބެއްލެވުމުގެ ދަށުން 3 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލައްވައި، މިއިންތިޚާބު އަވަހަށް ބެއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި :  ކައުންސިލަރ އިބްރާހިމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި : ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/149

ތާރީޚް: 11 ޖުލައި 2017