އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ނަންބޯޑުތައް އެއްގޮތް ކުރުން

23 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ނަންބޯޑުތައް އެއްގޮތް ކުރުމުގައި ކައުންސިލްގެ ނިންމުން ނަމްބަރު 2018/176 އިން ނިންމާފައިވާ ގޮތުގެ މަތިން  ފުރިހަމަ ކުރަން ޖެހޭ މަޢުލޫމާތާއި އެކު މައްސަލައަށް ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، އިބްރާހީމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ކައުންސިލްގެ އޮފީސްތަކުގެ ނަން ބޯޑްތައް އެއް ފޮންޓަކުން އެއް ސައިޒެއްގައި ހުރުމާއި، ކައުންސިލްގެ އޮފީސްތަކަކީ ކައުންސިލް އިދާރާގެ އޮފީހެއް ކަން އެނގޭ ގޮތަށް، އޮފީހުގެ ނަމުގެ ދަށުގައި ކައުންސިލް އިދާރާގެ ނަން ޖެހުމާއި އަދި ކައުންސިލްގެ ލޯގޯ އޮފީހުގެ ނަން ބޯޑުގައި ޖެހުމާއި އަދި މިގޮތުގެ މަތީން ފަރުމާ ކުރެވޭ ބޯޑުތައް އޮފީސްތަކުގައި ބެހެއްޓުމަށްޓަކައި ޤަވާޢިދުގައިވާ ގޮތުގެމަތިން ފަރާތަކާއި ޙަވާލުކޮށްގެން، 2018 ނޮވެމްބަރ 11ގެ ކުރިން ބޯޑުތައް ހަރުކޮށް ނިންމުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

މިޚަރަދު ހަމަޖެއްސުމަށް ނިންމަވާފައިވަނީ މައްސަލާގައި ހުށަހަޅާފައިވާ ގޮތުގެމަތީން ކައުންސިލްގެ އާމްދަނީ ބަޖެޓުގައި އިންފްރާސްޓްރަކްޗަރ މެއިންޓެނެންސް ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ކޯޑުގެ ތެރެއިންނެވެ.

ތާއީދު ކުރެއްވި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ކައުންސިލަރ، އިބްރާހީމް ޝުކުރީ   

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/189

ތާރީޚް: 23 އޮކްޓޯބަރ 2018