އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ފަރާތުން ހުޅުދޫ ނަސްރިއްޔާ ޕްރީސްކޫލްގައި އޮފީސް މެނޭޖްމަންޓްގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހިންގުމަށް

30 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ފަރާތުން ހުޅުދޫގައި އޮފީސް މެނޭޖްމަންޓްގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހިންގުމަށް ހުޅުދޫ ނަސްރިއްޔާ ޕްރީސްކޫލްގެ ކްލާސްރޫމެއް ހޯދުމަށް އެދިފައިވާތީ އެކަން ކުރިއަށް ގެންދިއުމާއި ބެހޭގޮތުން ހުޅުދޫ އަވަށު އޮފީހުން ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މިމައްސަލައާއި އެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ހުޅުދޫ އަވަށު އޮފީހުން ހުށަހަޅާފައިވާ ބޭނުމަށް ނަސްރިއްޔާ ޕްރީ ސްކޫލް ދޫކުރުމުގެ ކުރިން މި ސްކޫލްގެ ކަންކަން ހިނގަމުންދާ ގޮތް ބަލައި ދިރާސާ ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ މި ޢިމާރާތް އެންމެ ރަނގަޅު ގޮތުގައި ހިފާނެ ގޮތަކީ ކޮބައިތޯ ބެލުމަށް މިމައްސަލަ ކައުންސިލްގެ "ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ"އަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ،ޙުސައިން ޙިޔާޟް

ކައުންސިލަރ އިބްރާހީމް ޝުކުރީ  

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/190

ތާރީޚް: 30 އޮކްޓޯބަރ 2018