އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެކަނިވެރި މައެއް ކަމަށްވާ ހިތަދޫ ސަމަންދަރު އާމިނަތު ޝާޠިރާއާއި އޭނާގެ 4 ކުދިންނަށް ބޯހިޔާވަހިކަމެއް ހަމަޖައްސާދިނުމަށް

14 ނޮވެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އެކަނިވެރި މައެއް ކަމަށްވާ ހިތަދޫ ސަމަންދަރު އާމިނަތު ޝާޠިރާ، އޭނާގެ 4 ކުދިންނާއި އޭނާއަށް ބޯހިޔާވަހިކަމެއް ހަމަޖައްސާދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން 

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިމައްސަލަ ދިރާސާކުރުމަށް ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވި ހުށަހެޅުމުގައި؛

  • މިމައްސަލާގައި ހިމެނޭ ޢިމާރާތާއި ގުޅޭ މައްސަލަ ދިރާސާ ކުރުމަށްޓަކައި، ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީއަށް ފޮނުވުމަށާއި
  • އަދި އިޖުތިމާޢީ މައްސަލަތަކުގައި ބޭނުންޖެހިފައިވާ ފަރާތްތަކާއިމެދު އަޅާނާލެ ގޮތެއް ހޯދުމަށް އެކަންކަމާއި ގުޅިގެން ދިގުރާސްތާގައި މުހިއްމުކޮށް ޙައްލު ހޯދަންޖެހޭ ކަންކަން ހިމެނޭތީ، އެކަންކަން ދިރާސާކުރުމަށްޓަކައި ސިއްޙަތާއި މުޖުތަމަޢު ކޮމިޓީއަށް ފޮނުވުމަށާއި
  • މި ދެ ކޮމިޓީން ނިންމަވާ 2 ރިޕޯޓު ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް

ހުށަހެޅުއްވި އިޞްލާހަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:

ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ހުށަހެޅުމަށް އިޞްލާޙު ހުށަހެޅުއްވި:

ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:

ކައުންސިލަރ،އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/199

ތާރީޚް: 14 ނޮވެމްބަރ 2018