އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ މަގުތަކުގައި މަގުބައްތި ދިއްލާ ބެލެހެއްޓުމާއި،ބިންސަރވޭކޮށް ބެލެހެއްޓުމައި، މަގުފޮޅާސާފުކޮށް ބެލެހެއްޓުމާ މެދު ގޮތެއް ނިންމުން

29 ނޮވެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީގެ އަވަށްތަކުގެ މަގުތަކުގައި މަގުބައްތި ދިއްލާ ބެލެހެއްޓުމާއި، އައްޑޫސިޓީގެ ބިންސަރވޭކޮށް ބެލެހެއްޓުމައި، މަގުފޮޅާސާފުކޮށް ބެލެހެއްޓުމާ މެދު ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ، ޢަބްދުﷲ ޞާދިޤް 

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު:                     1-CBO(PAR)/426/2018/2 ސިޓީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގެ ނަންބަރު:         138-AS7/426/2018/31 ސިޓީން ކައުންސިލާއި ޙަވާލުކުރައްވާފައިވާ މަސައްކަތުގެ ތެރޭގައި "ރޭގަނޑު މަގުމަތި ދިއްލާ ބެލެހެއްޓުން" ، " އައްޑޫގެ ބިންތަކާ ގުޅޭ މަސައްކަތް " އަދި " އައްޑޫގެ މަގުތަކާ ރަށުތެރެ ސާފުކޮށް ބެލެހެއްޓުން " ހިމެނޭތީ މިކަންކަމަކީ ޢާއްމު ރައްޔިތުންނަށް މިވަގުތުން ފެށިގެންވެސް ފޯރުކޮށްދޭންޖެހޭ މުހިއްމު ޚިދުމަތް ތަކަކަށްވެފައި ،ކައުންސިލާ މިމަސައްކަތް ހަވާލުކުރެވުނު ވަގުތުން ފެށިގެން މިޚިދުމަތް ފޯރުކޮށްދެއްވުމުގައި ފާހަގަ ކުރެވޭ ގިނަ ދަތިތައް ހުރުމާއެކު،

 މިހާރު ހުރި ވަޞީލަތްތަކަށް ބަލައި އަދި މިހާރު ތިބި މުވައްޒަފުން ބޭނުންކޮށްގެން މިމަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ޤަބޫލު ނުކުރެވޭތީ، މިމަސައްކަތް ކުރުމަށް މިހާރު ތިބި މުވައްޒަފުންގެ އިތުރަށް ތިރީގައި ބަޔާން ކުރެވިފައިވާ ތާވަލުގައިވާ ގޮތުގެ މަތިން 01 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި،

މިއިދާރާގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެވި ދާއިމީ އިންތިޒާމް ހަމަޖެހުމާއި ހަމައަށް ކޮންޓްރެކްޓް އުޞޫލުން ނަގާ މުވައްޒަފުންނަށް މުސާރައާއި އުޖޫރަ އަދި މަސައްކަތް ކުރުމަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ހޯދޭނެ ވަގުތީ އިންތިޒާމް ހަމަޖެއްސުމުގައި ކުރަންޖެހޭ ޚަރަދު ކައުންސިލްގެ އާމްދަނީ ބަޖެޓްގައި "ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަމާއި އެއާގުޅޭ ޚަރަދުތައް" ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑް ނަމްބަރު: 223999 އިން ހަމަޖެއްސުމަށާއި، މިކަމަށްޓަކައި އިތުރަށް ބޭނުންވާ ފައިސާ ބަޖެޓްގެ އެހެން ކޯޑުތަކުން މިކޯޑަށް ބަދަލުކުރުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

އައްޑޫސިޓީގައި މުނިސިޕަލް ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ވަގުތީ އިންތިޒާމް ހަމަޖެއްސުމަށް އިތުރަށް ބޭނުންވާ މުވައްޒަފުން ނަގާނެ ގޮތުގެ ތަފްޞީލު

ސްޕެޝަލް ޑިއުޓީ އެލަވަސން މުސާރައިގެ 35%

ސަރވިސް އެލަވަންސް

މުސާރަ

ރޭންކް

ޖުމްލަ

ހުޅުދޫ އަދި މީދޫ އަވަށަށް

މަރަދޫ ، މަރަދޫފޭދޫ، އަދި ފޭދޫ އަވަށަށް

ހިތަދޫ އަވަށަށް

މަޤާމް

1562.75

1500.00

4465.00

GS3

6

1

2

3

ސާރވެޔަރ

1562.75

1500.00

4465.00

GS3

4

2

2

0

ސްޕަރވައިޒަރ

1562.75

1500.00

4465.00

GS3

6

2

2

2

އިލެކްޓްރިޝަން

 

1000.00

3470.00

SS2

1

0

1

0

ޑްރައިވަރު

 

1000.00

3100.00

SS1

25

8

4

13

މަސައްކަތު

 

 

 

 

 

 

 

 

 

 

 

ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް މިމަޤާމް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އެލެވެންސް ހަމަޖައްސައި ދެވޭނެއެވެ.

 

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: މޭޔަރ، ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/207

ތާރީޚް: 29 ނޮވެމްބަރ 2018