އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ އަދި މީދޫ ވަކި އިންތިޚާބީ ދާއިރާތަކަކަށް ކަނޑައަޅުމަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ކައުންސިލުން ތަދަޚުލުވުމަށް

13 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫފޭދޫ ވަކި އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުމަށާއި، އަދި މީދޫ ވަކި އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދި ސ.މަރަދޫފޭދޫ އެވަރލާސްޓް އިބްރާހިމް ޝާފިޢުއާއި ސ.މީދޫ ހަސަންކާރިގެ ޙުސްނުއް ސުޢޫދު އިލެކްޝަން ކޮމިޝަނަށް ދަޢުވާ ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އައްޑޫސިޓީ ކައުންސިލުން ތަދަޚުލުވުމަށާއި މިމައްސަލާގެ ޝަރީޢަތުގެ މަޖިލީހުގައި ކައުންސިލްގެ ފަރާތުން އައްޑޫ ރައްޔިތުންގެ މަސްލަހަތު އޮތްގޮތް ހާމަކުރުމަށް އެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސ.މަރަދޫފޭދޫ އެވަރލާސްޓް އިބްރާހިމް ޝާފިޢުއާއި ސ.މީދޫ ހަސަންކާރިގެ ޙުސްނުއް ސުޢޫދު އިލެކްޝަންސް ކޮމިޝަނަށް ދަޢުވާ ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-DM/001 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައަކީ، އައްޑޫ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވީހިނދު،

ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދާ މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އައްޑޫ ރައްޔިތުންގެ ބަސް އިވިގެން ދިއުމަކީ މުހިއްމު ކަމެއް ކަމުގައިދެކޭތީ، މައްސަލައިގެ ތެރެއަށް އައްޑޫސިޓީ ކައުންސިލުން ތަދަޚުލުވުމަށް ފެންނަކަމަށާއި، މިމައްސަލައިގެ ތެރެއަށް ކައުންސިލުން ތަދައްޚުލް ވުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްގެންގޮސްދެއްވުމަށާއި، އަދި

މިމައްސަލަގެ ތެރެއަށް ތަދައްޚުލު ވުމުގެ ފުރުޞަތު ކައުންސިލަށް ލިބުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލައާއި ގުޅިގެން އައްޑުގެ ރައްޔިތުންގެ ބަސް އިއްވުމުގެ މަސައްކަތް ކައުންސިލުން ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: މޭޔަރ، ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/208

ތާރީޚް: 13 ޑިސެމްބަރ 2018