އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. ހިތަދޫ ކައްޓި ހިތްވަރު ފިހާރަ ގައި ހިނގި އަލިފާނުގެ ޙާދިސާއަކާއި ގުޅިގެން ކައުންސިލުން އެހީތެރިވުމަށް

13 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ. ހިތަދޫ ކައްޓި ހިތްވަރު ފިހާރަ ގައި ހިނގި އަލިފާނުގެ ޙާދިސާއަކާއި ގުޅިގެން އެ ފިހާރަ އަނދައި ހުލިވެފައިވާތީ ފިހާރައިގެ ވެރިފަރާތަށް ލިބުނު ގެއްލުމާއި ގުޅިގެން ކައުންސިލުން އެހީތެރިވުމުގައި ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައްޓި ހިތްވަރު ފިހާރައަކީ ގިނަ މުދާތަކެއް ފިހާރައިގައި ހުއްޓާ ޢިމާރާތް އެކީ އަނދައި ހުލިވެފައިވާ ފިހާރައަކަށްވެފައި، ފިހާރައިގެ ވެރިފަރާތަށް ފޫނުބެދޭ ވަރުގެ ބޮޑުގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވެތީ، އެފިހާރާއިގައި އަލިފާނުގެ ޙާދިސާ ހިނގި ގޮތް ބަލައި މިއިދާރާއިން ތައްޔާރު ކުރެވިފައިވާ ރިޕޯރޓާއި މޯލްޑިވްސް ޕޮލިސްސަރވިސް ސ.ގަން އިން މިޙާދިސާއާއި ގުޅިގެން ތައްޔާރު ކުރެވިފައިވާ ރިޕޯރޓް ގައި ހިމެނޭ ކަންކަމަށް ބަލާއިރު  މިމައްސަލައަކީ  މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓަށް ފޮނުވަން ޖެހޭ މައްސަލައެއް ކަމަށް ފފާހަގަ ކުރެވޭތީ،

މައްސަލައާއި އެކު ހުށަހެޅިފައިވާ ކައްޓި ހިތްވަރު ފިހާރައިގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅޭ ރިޕޯޓްތައް  މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓަށް ފޮނުވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/209

ތާރީޚް: 13 ޑިސެމްބަރ 2018