އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ބިމާގުޅޭ މައްސަލަތަކާއި ގުޅިގެން ވަގުތީ ގޮތުން ބިމުގެ މައްސަލަތައް ހިނގުން މަޑުޖައްސާލުން

13 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫގެ ބިމާގުޅޭ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ގިނަ ޝަކުވާ ތަކެއް ހުށަހެޅެމުން ދާތީ އަދި އައްޑޫގެ ބިމުގެ މައްސަލަ ތައް ހިނގާ ނުހިނގާ ގޮތް ބެލުމަކީ ކައުންސިލުން މިވަގުތު ކުރަންޖެހޭ މުހިއްމު ކަމަކަށް ވުމާއި އެކު މިކަންކަން ހިނގަމުންދާ ގޮތް ބަލައި ބިމުގެ މައްސަލަތައް ހިންގުމަށް ކައުންސިލުން ސިޔާސަތު ތަކެއް ކަނޑައެޅެންދެން ވަގުތީ ގޮތުން ބިމުގެ މައްސަލަތައް ހިނގުން މަޑުޖައްސާލުން.

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫގެ ބިންބިމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ގިނަވެފައި ވަނިކޮށް، ސިޓީ ކައުންސިލާއި ބިމުގެ މަސައްކަތް ހަވާލުވެފައިވާ މިދަނޑިވަޅުގައި ، ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ބިމުގެ ޙާލަތު މިވަގުތު އޮތް ގޮތް ދިރާސާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް،

 އައްޑޫސިޓީގެ ގޯތި ތަކުގެ އިންވަކި ކުރުމާއި، ގޯތީގެ ރަޖިސްޓްރީ ހަދައި ދިނުމާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައި ދިނުމާއި، ކުލީބިން ދޫކުރުމާއި، ބިމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާއި، ހައްދޫ ސަރަހައްދުން ނެގިފައިވާ ބިން ދޫކުރުމާއި، މީހުން ދިރިއުޅުމަށް އަލުން ބިން ދޫކުރުމަށް ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ދޫކުރާ ގޯތިތަކުގެ ކަންކަން ފަދަ ބިމުގެ މައްސަލަތައް ވަގުތީ ގޮތުން މަޑުޖައްސާލުމަކީ އައްޑޫގެ ބިމުގެ މައްސަލަތައް މި ވަގުތު އޮތް ޙާލަތު ދަނެގަތުމަށް ކުރަންޖެހޭ މުހިއްމު ކަމެއްކަމަށް ފެންނާތީ، ދެންނެވިފައިވާ ގޮތުގެމަތިން އައްޑޫގެ ބިމުގެ މައްސަލަ ވަގުތީ ގޮތުން މަޑުޖައްސާލުމަށާއި،

އައްޑޫގެ ބިމުގެ ކަންކަން ހިނގާފައިވާ ގޮތް ބެލުމަށް 11 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާ ލުމަށާއި، މި ކޮމިޓީއިން އައްޑޫގެ ބިމާއި ގުޅޭ މުހިއްމު ކަންކަމުގެ މިހާރުގެ ޙާލަތު ބަލައި ވީހާ އަވަކަށް ރިޕޯރޓެއް އެކުލަވާލުމަށާއި، މިގޮތުން އެކުލަވާ ލެވޭ ރިޕޯޓަށް ބަލައި ބިމާއި ގުޅޭ މި ނާޒުކު މައްސަލަ ޙައްލު ކުރުމަށް ކައުންސިލުން ސިޔާސަތު ކަނޑައަޅައި ޢާއްމު ކުރުމަށް ފެންނަކަމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

އައްޑޫގެ ބިންތަކުގެ މިހާރުގެ ޙާލަތު ދަނެ ގަތުމަށް އެކުލަވާލެވުނު ކޮމިޓީގެ މެމްބަރުން 

 

#

ނަން

މަޤާމް

#

ނަން

މަޤާމް

1

އަލްފާޟިލް އިބްރާހީމް ޝުކުރީ

ކައުންސިލަރ

7

އަލްފާޟިލްއިބްރާހީމްޝަހީދުﷲ

ޕްރޮޖެކްޓް އޮފިސަރ

2

އަލްފާޟިލް ފައިޞަލް އިބްރާހީމް

ކައުންސިލަރ

8

އަލްފާޟިލް ޢަލީ ޙާޝިމް

ޕްރޮޖެކްޓް އޮފިސަރ

3

އަލްފާޟިލާޝިޒްލީނާ އަސްލަމް

ޑިރެކްޓަރ

9

އަލްފާޟިލް މަރްޔަމް އަޒްލީމާ

ޕްރޮޖެކްޓް އޮފިސަރ

4

އަލްފާޟިލް އިބްރާހީމް ޒުހުރީ

އެސިސްޓެންޓްޑިރެކލްޓަރ

10

އަލްފާޟިލް މުއްޠަލިބް ޝަރީފް

ޕްލޭނިން އޮފިސަރ

5

އަލްއުސްތާޛު ޙުސައިން ޙަބީބު

ލީގަލް އޮފިސަރ

11

އަލްފާޟިލް އަހްމަދު ޝަރީފް

ސާރވެޔަރ

6

އަލްއުސްތާޛު ޢަބްދުﷲއިހުސާން

ލީގަލް އެސިސްޓެންޓް

 

 

 

 

 

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: މ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/210

ތާރީޚް: 13 ޑިސެމްބަރ 2018