އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި މުނިސިޕަލް ޚިދުމަތް ދިނުމަށް 3 އޮފީސް ޤާއިމު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

16 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގައި މުނިސިޕަލް ޚިދުމަތް ދިނުމަށް 3 އޮފީސް ޤާއިމު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދާދި ފަހުން ކައުންސިލްގެ މަސައްކަތަށް ގެނެވުނު ބަދަލާއި ގުޅިގެން އައްޑޫސިޓީގައި މުނިސިޕަލް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ކައުންސިލްގެ އޮނިގަނޑުގައި ހިމެނޭ 3 ޑިޕާރޓްމަންޓްގެ ގޮތުގައި މުނިސިޕަލްސަރވިސްގެ 3 އޮފީސް (ހިތަދޫ އަވަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް 01 އޮފީސް، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް 01 އޮފީސް، ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް 01 އޮފީސް) ޤާއިމުކުރުމަށް ފެންނަކަމަށާއި،   

މި އޮފީސްތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ދާއިރާ ކައުންސިލަރުގެ ބެއްލެވުމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، މިއޮފީސްތަކުން ދޫކުރާ ލިޔުންތަކުގައި ސޮކުރައްވާނީ ދާއިރާގެ ކައުންސިލަރުކަމަށާއި،

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހށ) ގައި ބަޔާން ކުރެވިފައިވާ ޚިދުމަތްތަކާއި ގުޅޭ ލިޔުންތަކާއި، މިއޮފީސްތަކުން ދެވޭ ޚިދުމަތްތަކާއި ގުޅިގެން ކައުންސިލުން ދޫކުރާ މިފަދަ ޤާނޫނީ އެންމެހާ ލިޔުންތައް ދޫކުރާނީ ކައުންސިލްއިދާރާގެ އަވަށު އޮފީސްތަކުން ( ކައުންސިލްއިދާރާގެ ލެޓަރހެޑްގައި) ކަމަށާއި އަދި ،

މިއޮފީސްތަކުން ދޫކުރެވޭ މިފަދަ ޤާނޫނީ ލިޔުންތަކުގައި ސޮކުރައްވާނީ ދާއިރާގެ ކައުންސިލަރުކަމަށާއި، ކައުންސިލަރު ވަޑައިގެން ނުއުޅުއްވާ ވަގުތު ތަކުގައި ދޫރަންޖެހޭ މިފަދަ ލިޔުންތަކުގައި އެ އޮފީހެއްގެ އެންމެ އިސް އިދާރީ މުވައްޒަފު ސޮއިކުރައްވަމުން ގެންދެވުމާއި، އިސްވެ ދެންނެވިފައިވާ ގޮތުގެ މަތިން އައްޑޫސިޓީގައި ޤާއިމު ކުރެވޭ މުނިސިޕަލް ސަރވިސްގެ 3 އޮފީހުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 02 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/217

ތާރީޚް: 16 ޑިސެމްބަރ 2018