އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ޒުވާނުންގެ މަރުކަޒުތަކުގެ ޙާލަތު ރިޕޯޓާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް

18 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ޒުވާނުންގެ މަރުކަޒުތައް އައްޑޫސީޓީ ކައުންސިލާއި ޙަވާލުކުރައްވާފައިވާތީ އެތަންތަނުގެ ޙާލަތު ރިޕޯޓާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫގެ ޒުވާނުންގެ މަރުކަޒުތައް އައްޑޫސީޓީ ކައުންސިލާއި ޙަވާލުކުރެވިފައިވާތީ، އެތަންތަނުގެ ޙާލަތު ބަލައި ރިޕޯޓް ކޮންމެ 03 މަހުން ހުށަހަޅަމުން ގެންދިއުމަށާއި، މި ރިޕޯޓް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އަށް ފޮނުވުމާއެކު، ރިޕޯޓުގައި ފާހަނގަ ކުރެވިފައި ހުންނަ  މައްސަލަތަކަށް ހައްލުހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހިމް ޝުކުރީ  

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/222

ތާރީޚް: 18 ޑިސެމްބަރ 2018