އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިދާރާތަކުގެ މަސައްކަތުގެ ޚަރަދަށް ރީއެމްބާސްކޮށްފައިވާ ފައިސާ ކައުންސިލްގެ ރެވެނިއު އެކައުންޓަށް ޓްރާންސްފާރ ކުރުން

18 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މި އިދާރާގެ ޚަރަދު 2 އެކައުންޓްގައި ހުރި ސަރުކާރުގެ އެކި އިދާރާތަކުން 2010 އިން 2014 ވަނަ އަހަރާއި ދެމެދު އެއިދާރާތަކުގެ ކަންކަމަށް ޖަމާކުރި ފައިސާގެ ބާކީ އާއި ތަފްޞީލް ނުލިބޭ ފައިސާ އަދި މި އިދާރާއިން ކުރެވިފައިވާ އެހެނިހެން އިދާރާތަކުގެ މަސައްކަތުގެ ޚަރަދަށް ރީއެމްބާސްކޮށްފައިވާ ފައިސާ ކައުންސިލްގެ ރެވެނިއު އެކައުންޓަށް ޓްރާންސްފާރ ކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:   ފައިނޭންސް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ސެކްޝަނުގެ ހުށަހެޅުމާއި އެއްގޮތަށް މައްސަލާގައި ބަޔާން ކުރެވިފައިވާ ފައިސާގެ ތެރޭގައި ހިމެނޭ އެހެނިހެން އިދާރާތަކުގެ ފައިސާ ހޯދުމަށް އެ އިދާރާއަކުން އެދިއްޖެ ޙާލަތެއްގައި، އެފައިސާ ދޫކުރެވޭގޮތަށް ނުވަތަ ޚަރަދު ކުރެވޭ ގޮތަށް ކައުންސިލްގެ އާމްދަނީ އެ އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރުމުގައި ޤާނޫނާއި ޤަވާޢިދަށް ރިޔާޢަތްކޮށް ފައިސާ ގެ އެންމެހާ މުޢާމަލާތުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އަލީ ފަހުމީ އަޙުމަދު  

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/224

ތާރީޚް: 18 ޑިސެމްބަރ 2018