އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. ހުޅުދޫ ޑްރީމީގާލް އަލްމަރުހޫމާ ސަމީހާ ޙަސަންއާއި މެދު ޢަމަލު ކުރި ގޮތުން

26 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

 ސ. ހުޅުދޫ ޑްރީމީގާލް އަލްމަރުހޫމާ ސަމީހާ ޙަސަންއާއި ބެހޭ ގޮތުން ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު މުސްޠަފާ އާއި ޢަލީ އަންވަރު ޢަމަލު ކުރި ގޮތާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިހުރި މުހިއްމު ކަންކަމަށް ރިއާޔަތްކޮށް މައްސަލަ އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ އެޗް.އާރު އެމް.ޑީ ކޮމިޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/226

ތާރީޚް: 26 ޑިސެމްބަރ 2018