އައްޑޫސިޓީ ކައުންސިލްގެ އިދާރާ

31 ޑިސެންބަރު 2018 ވަނަ ދުވަހު ބާއްވާ ހިއްމަލާ ފެސްޓިވަލްގައި ކޮމިޓީން ބައިވެރި ވުމާއި މެދު

26 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

31 ޑިސެންބަރު 2018 ވަނަ ދުވަހު އައްޑޫ ފްރެންޑްސް އިން އިސްނަގައިގެން ބާއްވާ ހިއްމަލާ ފެސްޓިވަލްގައި ކޮމިޓީން ބައިވެރި ވުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ       

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، 31 ޑިސެންބަރު 2018 ވަނަ ދުވަހު އައްޑޫ ފްރެންޑްސް އިން އިސްނަގައިގެން ބާއްވާ "ހިއްމަލާ" ފެސްޓިވަލްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ބައިވެރި ވުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހަރަކާތް ތަކަށް 2018 ވަނަ އަހަރު ކައުންސިލުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން، ހުށަހެޅުމުގެ ތަފްޞީލުގައި ބަޔާންކުރެވިފައިވާ ކަންކަމަށް 31000.00ރުފިޔާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/228

ތާރީޚް: 26 ޑިސެމްބަރ 2018