އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދަކަނދާމަގު ގެ އުތުރު ކޮޅުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް

26 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ އޮޑައްސައު ހިމެނޭ ސަރަހައްދުގެ ދަކަނދާމަގު ގެ އުތުރު ކޮޅުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ، ޢަބްދުﷲ ޞާދިޤް        

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިސަރަހައްދަކީ އަލަށް އާބަދުވެފައިވާ ސަރަޙައްދަކަށް ވެފައި އެ ސަރަހައްދުގައި މަގު ބައްތިއެއް ނެތުމުގެ ސަބަބުން، ރައްޔިތުން ރޭގަނަޑުގެ ވަގުތުތަކުގައި ކަނު އަނދިރީގައި މަގުމަތީ ހިނގާ ބިނގާވެ އުޅެން ޖެހިފައިވާތީ، މަގުމަތީގެ އަމާން ކަމާ ރައްކާތެރިކަން ނެތުމުގެ ޝަކުވާ ސަރަޙައްދުގައި ދިރި އުޅޭ ރައްޔިތުން އުފުލަމުން އަންނަތާ ގިނަ ދުވަސްތަކެއް ފާއިތުވެފައި ވުމާއެކު،

އައްޑޫސިޓީގެ އޮޑައްސައު ހިމެނޭ ސަރަހައްދުގެ ދަކަނދާމަގު ގެ އުތުރު ކޮޅުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްގެ އާމްދަނީ ބަޖެޓްގައި "އެހެނިހެން އިންފްރާސްޓްރަކްޗަރގެ ކަންކަމަށް" ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑް ނަމްބަރު: 422999 އިން މިކަމަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު، ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: މޭޔަރ، ޢަބްދުﷲ ޞާދިޤް        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/230

ތާރީޚް: 26 ޑިސެމްބަރ 2018