އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޤަވާޢިދާއި ޚިލާފަށް އައްޑޫސިޓީގައި އުޅެމުންދާ ބިދޭސީން އިތުރުވަމުންދާ ދިޔުން ޙައްލު ކުރެވޭނެގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ

11 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

   ބޭރު ބިދޭސީންނާއި ބެހޭ ޤާނޫތަކާއި އިމިޤްރޭޝަންގެ ޤަވާޢިދާއި ޚިލާފަށް އައްޑޫސިޓީގައި އުޅެމުންދާ ބިދޭސީން ދުވަހުން ދުވަހަށް ދަނީ  އިތުރުވަމުންނެވެ.  މިކަމަކީ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސް ކަމަށް ބުރޫ އަރާ، ރައްޔިތުންގެ  ޙައްޤުތަކަށް އުނިކަން ލިބޭ ކަމަކަށްވާތީ، މިކަން ޙައްލު ކުރެވޭނެގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ. 

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހިމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

  ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއިމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއިއެކު މަސައްކަތް ކުރުމަށްޓަކައި، ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން ބިދޭސީންގެ ދަފްތަރު ހޯދާ، އައްޑޫސިޓިގެ އަވަށްތަކުގައި ދިރިއުޅެމުންގެންދާ ބިދޭސީންގެ ދަފްތަރު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

             ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި :  ކައުންސިލަރ އިބްރާހިމް ޝުކުރީ     

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/153

ތާރީޚް: 11 ޖުލައި 2017