އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ު އައްޑޫސިޓީ ހުޅުދޫއަވަށު " ސަނީސައިޑް" ގެއަށް ޤުދުރަތީ ޙާދިސާގައި ލިބުނު ގެއްލުމުގެ ރިޕޯރޓާއި މެދު

26 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

08 ޑިސެމްބަރު 2018 ވަނަ ދުވަހު ހެނދުނު އައްޑޫސިޓީ ހުޅުދޫއަވަށު " ސަނީސައިޑް" ގެއަށް ލިބުނު ޤުދުރަތީ ޙާދިސާގެ ރިޕޯރޓާއި މެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް  ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލް އިދާރާގެ ބައެއް ސެކްޝަން ތަކުން ކައުންސިލަށް މައްސަލަ ހުށަހެޅުމަށް މޭޔަރ ލަފާ ދެއްވުމާއެކު، ސެކްޝަނުން އެ މައްސަލައަކާއި ގުޅޭގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަ ނުކޮށް އަދި ސެކްޝަން ލެވެލްގައި އެ މައްސަލަ އަކާއި ގުޅިގެން ހޯދަން ޖެހޭ މައުލޫމާތާއި، ކަމާއި ގުޅޭ ލިޔެ ކިޔުން ފުރިހަމަ ނުކުރެވި ކައުންސިލަށް މައްސަލަތައް ހުށަހަޅާމުން ގެންދާކަން ފާހަގަ ކުރެވޭ ކަމަށާއި، މިކަންކަމަކީ ކައުންސިލް ނުހަނު ކަންބޮޑުވާ މައްސަލަތައް ކަން ފާހަގަކޮށް، މިގޮތަށް މައްސަލަ ހުށަހެޅުމުން ކައުންސިލްގެ މަސައްކަތާއި ވަގުތު ބޭކާރުވެ މަޤްޞަދާއި ހަމައަށް ވާޞިލުވުމަށް ހުރަސް ކުރިމަތިވާ ކަމަށާއި، މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ސެކްޝަންތަކުގެ މަސައްކަތް ރާވާ ހިންގޭނެ އިންތިޒާމް ހަމަޖެއްސުމާށާއި،

މި މައްސަލައާއި އެކު ހުށަހަޅާފައިވާ ޙާދިސާ ރިޕޯރޓް އަށް ބަލާއިރު، ރިޕޯރޓް ގައިވަނީ މިޙާދިސާގެ ކަން ހިނގާފައިވާ ގޮތަށް ނޫންކަމަށް ކައުންސިލަށް ޤަބޫލު ކުރެވޭތީ، މިޙާދިސާއާއި ގުޅިގެން ކަންހިނގާފައިވާގޮތުގެ ފުރިހަމަ މަޢުލޫމާތު ހިމަނައި އަލުން ރިޕޯރޓް ތައްޔާރު ކޮށް، ކައުންސިލަށް މައްސަލަ ހުށަހެޅުމުގައި އަވަށު އޮފީސް ސެކްޝަން ލެވެލްގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް އަލުން މި މައްސަލަ ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/235

ތާރީޚް: 26 ޑިސެމްބަރ 2018