އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖަމްޢިއްޔަތުލް ޢުލަމާއިން ކުރިއަށް ގެންދާ ހިތަދޫ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން އެހީތެރިކަމަށް އެދި

26 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ޖަމްޢިއްޔަތުލް ޢުލަމާއިން ކުރިއަށް ގެންދާ ހިތަދޫ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން މިސްކިތުގެ ތިރީބަޔާއި ހަރުގެގެ މަސައްކަތް ކުރިއަށް ގެނދިއުމުގައި ކައުންސިލްގެ އެހީތެރިކަމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް  ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މައްސަލަ އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/238

ތާރީޚް: 26 ޑިސެމްބަރ 2018