އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިއްމަލާ 2018 ފެސްޓިވަލްއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް

26 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

31 ޑިސެންބަރު 2018 ވަނަ ދުވަހު އައްޑޫގެ އެކި ޖަމްޢިއްޔާތައް ގުޅިގެން ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ހިއްމަލާ 2018" ނަމުގައި ބޭއްވުމަށް ރާވާފައިވާ ފެސްޓިވަލްއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، ފައިޞަލް އިބްރާހީމް     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫފްރެންޑްސް ޖަމްޢިއްޔާއިން އިސްނަންގަވައި އައްޑޫގެ އެކި ޖަމްޢިއްޔާތައް ގުޅިގެން ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ހިއްމަލާ 2018" ނަމުގައި 31 ޑިސެންބަރު 2018 ވަނަ ދުވަހު ބޭއްވުމަށް ރާވާފައިވާ ފެސްޓިވަލް އަކީ މުހިއްމު ފެސްޓިވަލްއެއް ކަމަށް ޤަބޫލުކުރެވޭތީ އަދި މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް މިޙަރަކާތަށް ކައުންސިލުން އެހީތެރިވުމުގެ ގޮތުން ކައުންސިލްގެ އާމްދާނީ ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢްތް ތަކުން ކުރާ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 31000.00ރުފިޔާ (ތިރީސްއެއްހާސްރުފިޔާ) ޚަރަދުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-AA(3)/2018/240

ތާރީޚް: 26 ޑިސެމްބަރ 2018