އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެސް.އެމް.އީ ބޭންކެށް ޤާއިމް ކުރުމަށް ކައުންސިލްގެ ބައިވެރިވުން ޙިއްސާކުރުން

3 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

 އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެކި ބާވަތްތަކުގެ މާލީ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައްތަޢާރަފްކޮށް،މިފަދަ ވިޔަފާރިތައް ފަށައި ފުޅާކުރުމަށް ބޭނުންވާ ފަންޑާއި އެހެނިހެންޒަމާނީ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެސް.އެމް.އީ ބޭންކެއް ޤާއިމު ކުރުމަށް މިކައުންސިލްގެ ބައިވެރިވުން ޙިއްސާ ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް     

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެކި ބާވަތްތަކުގެ މާލީ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް  ތަޢާރަފްކޮށް، މިފަދަ ވިޔަފާރިތައް ފަށައި ފުޅާކުރުމަށް ބޭނުންވާ ފަންޑާއި އެހެނިހެން ޒަމާނީ މާލީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި، އައްޑޫގެ ރައްޔިތުންގެ ބައިވެރި ވުން އޮންނަ ގޮތަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އެސް.އެމް.އީ ބޭންކެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތަށް މިކައުންސިލުން މަރުޙަބާ ކިޔައި،

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކަށަ އަޅުއްވާފައިވާ "އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން"ގެ %5 ހިއްސާ ގައި ކައުންސިލުން ބައިވެރިވުމަށް ފެންނަކަމަށާއި، މައްސަލައާއި އެކު ހުށަހަޅާފައިވާ ޤަރާރުގެ ދެލިކޮޕީއަށް ހުށަހެޅުނު ޑްރާފްޓް ކުރެވިފައި އިޞްލާޙާއި އެއްގޮތަށް "އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން" ގެ ޙިއްޞާދާރެއްގެ ގޮތުގައި ބައިވެރިވުމަށް ކައުންސިލުން  ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/001

ތާރީޚް: 3 ޖެނުއަރީ 2019