އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަރަފުއްދީން ސްކޫލްގެ ޕްރައިމަރީ ފަޅީގައި އޮތް ހުސް ބިމުގައި ލައިޓް ޕޯސްޓް ޖަހައިދިނުމަށް

5 ނޮވެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ޝަރަފުއްދީން ސްކޫލްގެ ޕްރައިމަރީ ފަޅީގައި އޮތް ހުސް ބިމުގައި ލައިޓް ޕޯސްޓް ޖަހައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ މަރުޙަލާގައި ނިމިފައިވާ ގޮތާއި މެދު ކައުންސިލުން ގޮތެއް ނިންމުން.  

މައްސަލަ ހުށަހެޅި ފަރާތް:  ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހި ކަމުގެ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހި ކަމުގެ ކޮމިޓީގެ ނިންމުމާއި އެއްގޮތަށް " ސްކޫލްތަކުގެ ލައިޓްޕޯސްޓް ޖަހައި ދިނުމަކީ ކައުންސިލް އިދާރާގެ ބަޖެޓްގައި ހިމެނިފައިވާކަމަކަށް ނުވާތީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ،ޖަމްޝީދާ މުޙައްމަދު  

ކައުންސިލަރ، ޙުސައިން ޙިޔާޟް   

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/193

ތާރީޚް: 5 ނޮވެމްބަރ 2018