އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ހުކުރު މިސްކިތުގެ ސަހަރާގެ ތެރެއިން މީހުން ވަޅުލުމަށް ބިން ކަނޑައަޅައި ވަޅުލެވޭނެހެން ފަސް އަޅައި ތައްޔާރު ކުރުމަށް

5 ނޮވެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހިތަދޫ ހުކުރު މިސްކިތުގެ ހަރިމްގެ ތެރެއިން މީހުން ވަޅުލުމަށް ބިން ކަނޑައަޅައި މީހުން ވަޅުލެވޭނެހެން ފަސް އަޅައި ތައްޔާރު ކުރުމަށް ބަޖެޓް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ހިތަދޫގައި މިހާރު މީހުން ވަޅުލުމަށް ބޭނުންކުރާ ސަހަރާ ފުރި އިތުރު ޖާގަ ނެތި، މަރުވާމީހުން ވަޅުލުމަށް ބިން ބޭނުންވެފައިވާ އިރު މިކަމަށް ދައުލަތުގެ މަސައްކަތް އިންތިޒާމް ވެފައިވާގޮތުން އެ މަސައްކަތް މިހާރު މަތި ކުރެވިފައިވާ ސަރުކާރުގެ ކަމާއި ގުޅޭ އިދާރާއިން ޙައްލު ހޯދިފައި ނުވާތީ، އަދި މިކަމަކީ އިޖްތިމާޢީ ގޮތުން ކުރުން އަވަސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭތީ، ހިތަދޫ ހުކުރު މިސްކިތުގައި ކުރިއްސުރެ މީހުން ވަޅުލަމުން އައި ބިމުގައި އޮތް ހުސްޖާގަ، މީހުން ވަޅުލުމަށް ބޭނުންކުރުމަށާއި، މިތަން ބޭނުންކުރުމަށް ކުރަންޖެހޭ ޚަރަދު، ކައުންސިލްގެ ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހި ކަމުގެ ކޮމިޓީއަށް ހުށަހަޅައި އެޕްރޫވް ކުރުވައިގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ،އިބްރާހީމް ޝުކުރީ   

ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/195

ތާރީޚް: 5 ނޮވެމްބަރ 2018