އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕަބްލިކް ވާރކްސް ސަރވިސަސް ހިތަދޫ ޔުނިޓް ގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވުމާއި ގުޅިގެން

31 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

 ޕަބްލިކް ވާރކްސް ސަރވިސަސް ހިތަދޫ ޔުނިޓް ގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވުމާއި ގުޅިގެން އެސަރވިސަސް ގައި މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމުގައި ކައުންސިލުން ގޮތެއް ނިންމުން .

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް     

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ޕަބްލިކް ވާރކްސް ސަރވިސަސް ހިތަދޫ ޔުނިޓުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތަކީ ރައްޔިތުންނަށް ނުހަނު ބެނުންތެރި މުހިއްމު ޚިދުމަތަކަށްވެފައި، ޚިދުމަތް މެދު ނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޕަބްލިކް ވާރކްސް ސަރވިސަސް ހިތަދޫ ޔުނިޓް ގައި މަސައްކަތް ކުރުމަށް މިއިދާރާގެ މުވައްޒަފުންގެ ގޮތުގައި ކޮންޓްރެކްޓް އުޞޫލުން ތިރީގައި ބަޔާން ކުރެވިފައިވާ މަޤާމްތަކަށް މުވައްޒަފުން ނެގުމަށް ޢާއްމުކޮށް އިޢުލާނުކުރުމަށް ފެންނަކަމަށާއި، މިގޮތުން  

  • ޓެކްނިކަލް އޮފިސަރ ގރ.1، 03 މަޤާމް  (އެމް.އެސް 1 ރޭންކް) ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް.
  • މަސައްކަތު(ސަޕޯރޓް ސްޓާފް ގރ.1) 19މަޤާމް (އެސް.އެސް1 ރޭންކް) ތަނުގެ ޚިދުމަތާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ކުރުމަށް.

މި މަޤާމްތަކަށް މީހުން ހޯދުމުގެ އިންތިޒާމް ކުރިއަށް ގެންދިއުމުގައި، ސިވިލްސަރވިސްގެ މުސާރައިގެ އޮނިގަނޑުގައި މި ރޭންކްގެ މަޤާމްތަކަށް މުސާރައާއި އެލެވަންސް ދިނުމަށް ކަނޑައެޅިފައިވާ އުޞޫލުން މުސާރައާއި އެލަވަންސް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، 2019 ވަނަ އަހަރު މިއިދާރާގެ އިދާރީ އޮނިގަނޑު އެކުލަވާލައި، މުވައްޒަފުންގެ މުސާރައާއި އެލަވަންސް ހަމަޖެއްސުމަށް ކަމާއި ގުޅޭ މިނިސްޓްރީ ތަކާއި މަޝްވަރާކޮށްގެން މުވައްޒަފުންގެ މުސާރައާއި އުޖޫރަ ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި: މޭޔަރ، ޢަބްދުﷲ ޞާދިޤް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/241

ތާރީޚް: 31 ޑިސެމްބަރ 2018