އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ "ބޮނޑޮގޭ" ގެ ސިކިއުރިޓީ ބެލެހެއްޓި ފަރާތުން ހުށަހަޅަފައިވާ 2 ބިލަށް ފައިސާ ދޫކުރުމާއި މެދު ގޮތެއް ނިންމުން

20 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

(ހ) އައްޑޫސިޓީ ކައުންސިލް އިދާރާއިން ބަލަހައްޓަމުންދިޔަ މަރަދޫ "ބޮނޑޮގޭ" ގެ ސިކިއުރިޓީ ބެލެހެއްޓި ފަރާތުން ހުށަހަޅަފައިވާ 2 ބިލަށް ފައިސާ ދޫކުރުމާއި މެދު ގޮތެއް ނިންމަވައިދެއްވުން އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

        މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

                އައްޑޫސިޓީ ކައުންސިލް އިދާރާއިން ބަލަހައްޓަމުންދިޔަ މަރަދޫ "ބޮނޑޮގޭ" ގެ ސިކިއުރިޓީ ބެލެހެއްޓި ފަރާތާއި ކައުންސިލުން އަމިއްލަފުޅަށް ވާހަކަދައްކަވައި، މަރަދޫ "ބޮނޑޮގޭ"ގެ ސިކިއުރިޓީ ބެލެހެއްޓުމުގައި މަހެއްގެ މައްޗަށް ހިނގާ ޚަރަދުގެ މިންވަރު -/10،000 (ދިހަ ހާސް ރުފިޔާ/-)އަށް ހަމަޖެއްސުން އެންމެ ރަނގަޅު ކަމުގައި ޚިދްމަތް ދޭ ފަރާތަށާއި ޚިދްމަތް ލިބިގަންނަ ފަރާތަށް އެއްބަސްވެވިފައިވާތީ، ފައިސާ ދޫނުކޮށްހުރި މުއްދަތަށް (ފައިސާނުދެވި އޮތް 2 މަސްދުވަހަށް)، މިގޮތުގެ މަތީން އެއްބަސްވުން ހަދައި ޖުމްލަ -/20،000ރުފިޔާ (ވިހިހާސް ރުފިޔާ/-) ދޫކުރުމަށް ނިންމެވިއެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ އިބްރާހީމް ޝުކުރީ

              ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

  •   މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/155

ތާރީޚް: 20 ޖުލައި 2017