އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ނިކަމެތި މީހަކު ކައުންސިލްގެ ޢިމާރާތުން ބޯހިޔާ ވަހިކަން ހޯދުމަށް އެދި

31 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ނިކަމެތި މީހަކު ކައުންސިލްގެ ޢިމާރާތުން ބޯހިޔާ ވަހިކަން ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމުނު ގޮތާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ       

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީގެ މަސައްކަތު މަރުޙަލާގައި ނިމިފައިވާ ގޮތުގެ މަތިން މައްސަލަ ކުރިއަށްގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ނޯޓް:

  • ކައުންސިލަށް މައްސަލަ ހުށަހެޅުމަށް އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަސައްކަތް ފުރިހަމަ ނުކުރެވިގެން، މައްސަލައާއި ގުޅޭ ލިޔެ ކިޔުންތައް (ކޮމިޓީ މަރުހަލާގައި ނިންމި ގޮތުގެ) ހޯދުމަށް ކައުންސިލްގެ މޭޔަރ އަދި ކޮމިޓީގެ މުޤައްރިރުގެ އެދި ވަޑައިގަތުމަށް ކުރެވުނު މަސައްކަތަށް ކަމާއި ގުޅޭ ސެކްޝަނުން އެއްބާރުލުން ލިބިފައި ނުވެއެވެ.
  • އަދި، ހިނގަމުން ދިޔަ ކައުންސިލް ރަސްމީ ޖަލްސާއަށް މި މަސައްކަތް ޙަވާލުކުރެވިފައިވާ މުވައްޒަފު ޙާޟިރު ކުރެވި ޒިންމާދާރުވެރިޔާ މިމައްސަލައާއި ގުޅޭ ލިޔުންތައް ޖަލްސާއަށް ގެނައުމަށް އަނގަބަހުން ދެންނެވުމުންވެސް ލިޔުންތައް ލިބިފައިނުވެއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/243

ތާރީޚް: 31 ޑިސެމްބަރ 2018