އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ނިންމުން މުރާޖަޢާކޮށް ދެއްވުން އެދި ހުށަހަޅާ މައްސަލަ

31 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ކައުންސިލްގެ ނަމްބަރު 426-AA(3)/2018/207  ނިންމުން މުރާޖަޢާކޮށް ދެއްވުން އެދި ހުށަހަޅާ މައްސަލަ    

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު.ސެކްޝަން        

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލްގެ ނަމްބަރު 426-AA(3)/2018/207  ނިންމުމާއި ގުޅިގެން ޢާއްމު ކުރެވިފައިވާ އިޢުލާނު ބާޠިލުކޮށް މި ނިންމުމާއި ގުޅިގެން މަޤާމް ތަކަށް މީހުން ހޯދުމަށް އަލުން އިޢުލާނު ކުރުމަށާއި، މިގޮތަށް ކުރެވޭ އިޢުލާނުގައި މަޤާމްތަކުގެ އެލެވެންސް ކަނޑައަޅައި ޢާއްމު ކުރާއިރު ޤަވާޢިދުގައިވާ ގޮތުގެމަތިން މީގެކުރިންވެސް މިފަދަ މަޤާމްތަކަށް އެލަވެންސް ކަނޑައެޅޭ އުޞޫލުން އެލަވަންސް ކަނޑައަޅައި އިޢުލާނު ޢާއްމުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/244

ތާރީޚް: 31 ޑިސެމްބަރ 2018