އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގެ ބިމުގެ ސަރަޙައްދުން ފުޑްކޯޓް ތަކެއް ހެދުމަށް ބިން ދޫކޮށްދިނުމަށް

10 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ އާއި ކެނަރީފް ރިސޯރޓާއި ދެމެދު އޮންނަ ޗެނަލްގެ ސަރަހައްދުން، ހުޅުދޫގެ ބިމުގެ ސަރަޙައްދުން ފުޑްކޯޓް ތަކެއް ހެދުމަށް ބިން ދޫކޮށްދިނުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެމުންދާތީ، މި ސަރަޙައްދުން ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއ ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ      

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މައްސަލަ އިތުރަށް ދިރާސާ ކުރުމަށްޓަކައި، ކައުންސިލް ޢުމްރާނީ ތައްރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް     

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/006

ތާރީޚް: 10 ޖެނުއަރީ 2019