އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2019 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން

10 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2019 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މައްސަލައާއި އެކު ހުށަހެޅިފައިވާ ބަޖެޓަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ތައްޔާރުކުރެވިފައިވާ ތިލަފަތްހަމަ ބަޖެޓެއްކަމަށާއި، 2019 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ މުޅި ޖުމްލަ ބަޖެޓަކީ: 43,581,394.67 ރުފިޔާ ކަމުގައި ކަނޑައަޅައި ބަޖެޓް ފާސްކުރުމަށްފެންނަކަމަށާއި، 

މި ބަޖެޓްގައި ޙަރަކާތްތައް ކަނޑައެޅިފައިނުވާ ކަންކަމަށް ޚަރަދު ކުރުމުގައި އެޙަރަކާތްތައް ހިންގުމުގެ ހުއްދައަށް އެދި ކައުންސިލްއަށް ހުށަހަޅައި ކައުންސިލްގެ ނިންމުމާއިއެކު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ބަޖެޓް ފާސްވުމާއެކު ކަނޑައެޅިފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްގެންދިއުމަށް ފެންނަކަމަށް ކަނޑައަޅައި ޤަރާރެއް ނެރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން އައްޑޫސިޓީ ކައުންސިލް އިދާރާގެ 2019 ވަނައަހަރުގެ ބަޖެޓް ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/08

ތާރީޚް: 10 ޖެނުއަރީ 2019