އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2018 ވަނަ އަހަރު އައްޑޫސިޓީ ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯރޓް ފާސްކުރުން

20 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2018 ވަނަ އަހަރު އައްޑޫސިޓީ ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯރޓް ފާސްކުރުން 

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިރިޕޯރޓް ތައްޔާރުކުރުމަށް ޕްލޭނިންގ ސެކްޝަނުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް، ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ފަހުވަގުތާއި ހަމައަށް ލިބިފައިނުވާ ދާއިރާތަކުގެ މައުލޫމާތު ރިޕޯރޓުގައި ހިމަނުއްވާއިރު، މަޢުލޫމާތު ފުރިހަމައަށް ލިބިފައި ނުވާކަން ރިޕޯރޓްގައި ލިޔެ ފާހަގަކޮށް، ރިޕޯޓްގައި ހުރި އިމްލާ ކުށް ފިލުވައި ރިޕޯޓް ފާސްކުރުމަށް ފެންނަ ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/09

ތާރީޚް: 20 ޖެނުއަރީ 2019