އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ދޭ ސްޕެޝަލް ޑިއުޓީ އެލަވަންސް ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިނުމަށް

20 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް" 1-4-2018 އިޞްލާޙް 6ގެ G206 ސްޕެޝަލް ޑިއުޓީ އެލަވަންސް" އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިނުމާމެދު HRMD ކޮމިޓީން ނިންމާފައިވާ ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު. ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އެޗް.އާރު.އެމް.ޑީ ކޮމިޓީއިން އެކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިންމާފައިވާގޮތަށް ސިވިލް ސަރވިސް ގެ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުޞޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ސިވިލްސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތައް " 01.04.2018 އިޞްލާޙް 6ގެ G206 ސްޕެޝަލް ޑިއުޓީ އެލަވަންސް" ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ، ޖީ.އެސް ރޭންކް އިން ފެށިގެން މަތީގެ ރޭންކްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދިނުމަށް ފެންނަ ކަމަށާއި، މި އެލަވަންވސް ދެވޭ މުވައްޒަފުންގެ އިތުރު ގަޑީގެ އުޞޫލު ހަރުދަނާކޮށް މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާއިރު، މިހާރަށްވުރެ ބޮޑަށް މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/10

ތާރީޚް: 20 ޖެނުއަރީ 2019