އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން މިވަގުތަށް އިޢުލާނު ކުރުމަށް ހަމަޖެހިފައި ހުރި މަޤާމު ތަކަށް މީހުން ހޯދުމަށް

20 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލުން މިވަގުތަށް އިޢުލާނު ކުރުމަށް ހަމަޖެހިފައި ހުރި މަޤާމު ތަކަށް މީހުން ހޯދުމަށް އިއުލާނު ކުރުމާއި، މަޤާމް ތަކުގެ ޝަރުޠު ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު. ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލްގެ އިދާރާގެ މުނިސިޕަލްސަރވިސްގެ އޮފީސްތަކާއި، ޕަބްލިކް ވާރކްސް ގެ އޮފީސްތަކުގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް މިވަގުތަށް ބޭނުންވާ މަޤާމްތަކަށް މީހުން ހޯދުމަށް އަލުން އިޢުލާނު ކުރުމަށާއި، މި މަޤާމް ތަކަށް މީހުން ހޯދުމަށް ކުރެވޭ އިޢުލާނުގައި މަޤާމުގެ  ރޭންކް GS3 ކަމަށް ހަމަޖައްސައި، މަޤާމްގެ ޝަރުޠަކީ ، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން،  ނުވަތަ، ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ހިމެނުމަށް ފެންނަ ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/11

ތާރީޚް: 20 ޖެނުއަރީ 2019