އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ މަގުތައް ވަގުތީ ގޮތުން ބަންދު ކުރުމާއި ބެހޭ ޤަވަޢިދު" ކައުންސިލުން ފާސްކުރުން

22 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ މަގުތައް ވަގުތީ ގޮތުން ބަންދު ކުރުމާއި ބެހޭ ޤަވަޢިދު" ކައުންސިލުން ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  އާއްމު ކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  ހުށަހެޅިފައިވާ ޤަވާޢިދާއި ގުޅިގެން އާއްމުކޮމިޓީގެ މަސައްކަތުގެ މަރުހަލާގައި ކުރެވުނު މަސައްކަތް ދިރާސާ ކުރުމަށްފަހު، ޤާނޫނު ނަމްބަރު 7/2010ގެ 151ވަނަ މާއްދާގެ (ޅ) ގެ ދަށުން ކައުންސިލަށް ލިބިގެންވާ ބާރުގެ ދަށުން " އައްޑޫސިޓީގެ މަގުތައް ވަގުތީ ގޮތުން ބަންދު ކުރުމާއި ބެހޭ ޤަވަޢިދު" ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/13

ތާރީޚް: 22 ޖެނުއަރީ 2019