އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ އަވަށު އޮފީސް ތަކުގެ ނަން ބޯޑު ހެދުމުގެ މަސައްކަތަށް ފައިސާ ދެއްކުމާއި މެދު

29 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2018 ވަނަ އަހަރު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސް ތަކުގެ ނަން ބޯޑު ހެދުމުގެ މަސައްކަތް ކުރުވައިގެން ހުށަހެޅިފައިވާ ބިލަށް 2019 ވަނަ އަހަރުގެ ބަޖެޓުން ފައިސާ  ދެއްކުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން . 

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީމޭޔަރ މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މިއީ 2018 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސް ތަކުގެ ނަން ބޯޑު ހެދުމުގެ މަސައްކަތް ކުރުވައިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިއިދާރާއަށް ހުށަހެޅިފައިވާ ބިލަކަށް ފައިސާ ނުދެއްކި އޮވެ ކަމާއި ގުޅޭ ސެކްޝަނުން 27 ޖަނަވަރީ 2019 ވަނަ ދުވަހު މި ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެއް ކަން ފާހަގަ ކުރެވޭ ކަމަށާއި،

މައްސަލައާއި އެކު ހުށަހަޅާފައިވާ ލިޔެ ކިޔުންތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ބަޖެޓް ބަންދުވުމުގެ ކުރިން ހުށަހެޅިފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް ފައިނޭންސް ސެކްޝަނަށް ހުށަހަޅުއްވައި ދެއްވުމަށް ތަކުރާރުކޮށް ސެކްޝަންތަކުގައި ދެންނެވިފައިވާ ކަން ފާހަގަ ކުރެވޭ ކަމަށާއި، އަދި 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ހުށަހެޅުނު އިރު ކޮމިޓްމެންޓްގައި ވެސް މިބިލާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ހިމެނިފައިނުވާކަން ފާހަގަކޮށް،

މިއިދާރާއިން ކުރުވާފައިވާ މަސައްކަތަކަށް ފައިސާ ނުދެއްކި ގިނަދުވަސްތަކެއް ފާއިތުވެ ދިއުމަކީ ކައުންސިލުން ކަންބޮޑުވާކަމެއްކަމުގައިވާތީ، ބިލަށް ފައިސާ ދެއްކޭން އަވަސް އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރުގެ ކައުންސިލްގެ އަމްދަނީ ބަޖެޓްގެ ބަޖެޓް ކޯޑް ނަމްބަރު 226008 އިންފްރާސްޓްރަކްޗަރ މެއިންޓެނެންސް އަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން މި ބިލްގައިވާ 34433.40ރުފިޔާ ދައްކާ ޚަލާޞްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި،

މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް މިމައްސަލަ މިގޮތަށް ދިމާވާން މެދުވެރިވި ސަބަބު ކަމާއި ގުޅޭ ފަރާތްތަކުން ބަލައި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ހިންގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/18

ތާރީޚް: 29 ޖެނުއަރީ 2019