އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ސަހަރާގެ ހުޅަނގު ފަޅިން ބޮޑު ކުރެވޭ ބައިގެ 3 ފަރާތު ފާރުރޭނުމަށް ބޭނުންވާ އަންދާސީ ޚަރަދު ހަމަޖައްސަވައި ދެއްވުން

29 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ސަހަރާގެ ހުޅަނގު ފަޅިން އިންވެގެން ދިގު މިނު 341 ފޫޓް، ފުޅާމިން 50 ފޫޓް ބޮޑު ކުރެވޭ ބައިގެ 3 ފަރާތު ފާރުރޭނުމަށް ބޭނުންވާ އަންދާސީ ޚަރަދު ހަމަޖައްސަވައި ދެއްވުން އެދި  

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  ހިތަދޫ ސަހަރާ ފުރި ވަޅުލާނެ ޖާގަ ނެތުމުން މީހުން ވަޅުލާނެ އިތުރު ތަނެއް ކަނޑައެޅެންދެން ހިތަދޫގެ ޖާގަ ހުރި ޤަބުރުސްތާނުގައި މީހުން ވަޅުލުމުގެ މަސައްކަތް ކައުންސިލުން ވަގުތީ ގޮތުން ފެށުމާއި ގުޅިގެން ޢާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު މީހުން ވަޅުލާނެ ތަނެއް ހަމަޖެއްސުމަށް ކައުންސިލުން ގޮތެއް ނިންމުމަކީ މުހިއްމު ކަމެއްކަމުގައިވާތީ،  

ހިތަދޫ ސަހަރާގެ ހުޅަނގު ފަޅިން އިންވެގެން ދިގު މިނު 341 ފޫޓް، ފުޅާމިން 50 ފޫޓް ގެ ބިން ސަހަރާބިމަށް އިތުރުކޮށް، އިތުރު ކުރެވޭ ބިމުގެ އިންފާރު ރޭނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހިނގާ ޚަރަދު، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ބަޖެޓް ކޯޑް: 226008 މަރާމާތުކުރުމާއި ބެލެހެއްޓުމަށް ކަނޑައެޅިފައިވާ  ފައިސާއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/19

ތާރީޚް: 29 ޖެނުއަރީ 2019