އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ބަލަހައްޓަންޖެހޭ ޢާއްމު މައިދާންތަކާއި، އެފަދަ އެހެނިހެން ތަންތަން މަރާމާތުކޮށް، ބެލެހެއްޓުމަށް މުވައްޒަފުން ނެގުމަށް

20 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ކައުންސިލުން ބަލަހައްޓަންޖެހޭ  ޢާއްމު މައިދާންތަކާއި، އެފަދަ އެހެނިހެން ތަންތަން މަރާމާތުކޮށް، ބެލެހެއްޓުމަށްޓަކައި ކޮންޓްރެކްޓް

އުޞޫލުން 2017 ޖުލައި އިން 2017 ޑިސެމްބަރަށް (06 މަހަށް) 08 މުވައްޒަފުން ނެގުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ފައިޞަލް އިބްރާހީމް ކައުންސިލަރ

ނިންމުން

މައްސަލަ ނިމުނުގޮތް:

      މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

      މި މައްސަލަ ހުށަހެޅުއްވި ގޮތަށް 8 މަސައްކަތު މީހުން ނަގައި، މުސާރައާއި އުޖޫރަ އެޗް. އާރު. ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ދިނުމާއިއެކު، ރިސްކް އެލަވަންސް ދެވޭ ޙާލަތުގައި ކުރުވާ މަސައްކަތަށް ރިސްކް އެލަވަންސް ދިނުމަށާއި 1 މަސައްކަތު މުވައްޒަފު ހުޅުދޫއަށް 1 މަސައްކަތު މުވައްޒަފު މީދޫއަށް އަދި 6 މަސައްކަތު މުވައްޒަފުން ކައުންސިލް އިދާރާގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސައި ފާސްކުރުމަށް ފެންނަ ކަމަށް ކައުންސިލަރ ފައިޞަލް އިބްރާހީމް ހުށަހެޅުއްވިއެވެ. އަދި ކައުންސިލަރ ފައިޞަލް އިބްރާހީމް ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށް ފެންނަ ކަމަށާއި އޭގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކުރުވަންޖެހޭ ޙާލަތުގައި އިތުރުގަޑީގެ ފައިސާ ދިނުމަށް ވެސް ކަނޑައަޅާ ފާސްކުރުމަށް ފެންނަ ކަމަށް ހުށަހަޅާ ކައުންސިލަރ އިބްރާހިމް ޝުކުރީ ތާއީދު ކުރެއްވިއެވެ. ކައުންސިލަރ އިބްރާހިމް ޝުކުރީގެ އެ ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިޔާޟް ތާއިދު ކުރައްވާފައިވާތީ، ކޮންޓްރެކްޓް އުޞޫލުން 8 މަސައްކަތު މުވައްޒަފުން ނަގާ، ހުށަހެޅި ތާއީދު ލިބުނުގޮތަށް މުސާރައާއި އުޖޫރަ ދިނުމުގައި އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ އިތުރުގަޑީގެ ފައިސާއާއި ރިސްކް އެކުލެވޭ މަސައްކަތް ކުރުވާނަމަ ރިސްކް އެލަވަންސް ފައިސާ ހިމަނައިގެން މުސާރައާއި އުޖޫރަ ދިނުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ އިބްރާހިމް ޝުކުރީ

             ކައުންސިލަރ ޙުސައިން ޙިޔާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

  •   މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/157

ތާރީޚް: 20 ޖުލައި 2017