އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ތެލެސީމިއާ ސޮސައިޓީ" ނަމުގައި އައްޑޫގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީކުރުން

29 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

"އައްޑޫ ތެލެސީމިއާ ސޮސައިޓީ" ނަމުގައި އައްޑޫގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީކުރުން .

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މިއީ އަމިއްލަ ފަރާތަކުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒަށް ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ޖަމްޢިއްޔާ ރަޖިސްޓްރީ ކުރުމުގައި މިއިދާރާގެ ބަސް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން ފާހަގަކޮށް، މި ޖަމްޢިއްޔާ އުފެއްދުމުގެ މަޤްޞަދުގައި އައްޑޫގެ ތެލެސީމިއާ އާބާދީގައި ހިމެނޭ މެމްބަރުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ކުރިއަރުވައި އެހީތެރިވުމަށް މަސައްކަތް ކުރުން ބަޔާން ކުރެވިފައިވާތީ، ޖަމުޢިއްޔާގެ ހިންގާ ޤަވާޢިދުގައިވާ ކަންކަމަށް ރިއާޔަތްކޮށް އައްޑޫގައި މިފަދަ ޖަމުއިއްޔާއެއް ރަޖިސްޓްރީވެ ޙަރަކާތްތެރި ވުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ،

 ސ.މަރަދޫ ސަންލައިޓް ވިލާގައި ޖަމްޢިއްޔާގެ އިދާރާ ޤާއިމުކޮށް އައްޑޫ ތެލެސީމިއާ ސޮސައިޓީ ނަމުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ޖަމްޢިއްޔާ ރަޖިސްޓްކުރުމާއި މެދު މިއިދާރާގެ އިޢުތިޟެއް ނެތްކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/20

ތާރީޚް: 29 ޖެނުއަރީ 2019