އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުލިމަތި ޔުނައިޓެޑް ޖަމްޢިއްޔާއިން ބާއްވާ ފުޓްސަލް މުބާރާތަށް ކައުންސިލްގެ އެހީތެރިކަން ހޯދުމަށް

29 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މުލިމަތި ޔުނައިޓެޑް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން 2019 ފެބްރުވަރީ 03 އިން 13 އަށް އަށް ޓީމެއްގެ ބައިވެރިންނާއެކު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާތީ މިޖަމްޢިއްޔާއަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް އެދި 

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މުލިމަތި ޔުނައިޓެޑް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން 2019 ފެބްރުވަރީ މަހު ކުރިއަށް ގެންދާ ފުޓްސަލް މުބާރާތަށް ކައުންސިލުން އެހީތެރިވެ ދިނުމަށް ފެންނަކަމަށާއި، މި ގޮތުން މައްސަލައާއި އެކު ހުށަހެޅިފައިވާ ޕްރޮޕޯސަލްއަށް ބަލައި، މުބާރާތުގެ މޭން އޮފް ދަ މެޗް ޓްރޮފީ، ޗެމްޕިއަން ޓީމް ޓްރޮފީ، އަދި ރަނަރަޕް ޓީމް ޓްރޮފީ ދިނުމަށް ފެންނަކަމަށާއި،

މި ޓްރޮފީ ތައް ހޯދުމަށް ހިނގާ ޚަރަދު، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ 228999 އެހެނިހެން ގޮތްގޮތުން ދޭ އެހީގެ ފައިސާގެ ތެރެއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/21

ތާރީޚް: 29 ޖެނުއަރީ 2019