އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ބަނދަރުގައި އުޅަނދުފަހަރުގެ ވާ އައްސާ މޫޓް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުން

29 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫ ބަނދަރުގައި އުޅަނދުފަހަރުގެ ވާ އައްސާ މޫޓް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ފޭދޫއަވަށު ބަނދަރުގެ ތޮށީގައި ހަރުކޮށްފައިވާ، ވާ އައްސާ މޫޓްތައް ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެ ބަނދަރު ބޭނުން ކުރަމުން އަންނަ ފަރާތްތަކުގެ ޝަކުވާ އިތުރުވެފައިވުމާއެކު މިމައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، ފޭދޫއަވަށު ބަނދަރުގެ ތޮށީގައި ހަރުކޮށްފައިވާ، ވާ އައްސާ މޫޓްތައް ( ވާއައްސާ 08 މޫޓް) ހަރުކުރުމަށް ފެންނަކަމަށާއި، ކައުންސިލްގެ ޕްރޮޖެކްޓް ސެކްޝަނުގެ ބެލުމުގެ ދަށުން ރަނގަޅު ފެންވަރުގައި 35000.00ރުފިޔާއަށް ވުރެ ޚަރަދު ބޮޑުނުވާ ގޮތަށް މޫޓްތައް ހަރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށާއި، ކައުންސިލްއިދާރާގެ އާމްދަނީ ބަޖެޓްގައި އެހެނިހެން އިންފްރާސްޓްރަކްޗަރ މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ބަޖްޓް ކޯޑް 226008 އިން މިމަސައްކަތަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/25

ތާރީޚް: 29 ޖެނުއަރީ 2019