އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހައިކޯޓުން ބައްލަވަމުން ގެންދަވާ މައްސަލާގައި ކައުންސިލް ތަމްސީލުކުރުމަށް އިތުރު ފަރާތެއް ހަމަޖެއްސުން.

31 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-DM/01 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލާގައި ކައުންސިލް ތަމްސީލުކުރުމަށް އިތުރު ފަރާތެއް ހަމަޖެއްސުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ޙިޔާޟް       

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-DM/01 ޤަޟިއްޔާއިން ބައްލަވަމުންގެންދަވާ މައްސަލާގައި ކައުންސިލް ތަމްސީލުކުރުމަށް އިތުރު ފަރާތެއްގެ ގޮތުން ހއ.އިހަވަންދޫ އަންބަރީގެ ޢަބްދުލް މާނިޢު ޙުސައިން (A147136) ކަނޑައަޅައި މައްސަލައާއި އެކު ހުށަހަޅާފައިވާ ޤަރާރުގެ ދެލިކޮޕީއާއި  އެއްގޮތަށް  ކައުންސިލުން  ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޙިޔާޟް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/026

ތާރީޚް: 31 ޖެނުއަރީ 2019